އިންވެސްޓްކުރި ފައިސާ އާއި ފައިދާ ނުދިނުމުން ދައުވާކުރި މީހަކަށް ފަސް ލައްކަ ރުފިޔާ ދައްކަން އަލްހާނަށް ހުކުމެއް
މިހާރު
20 ޑިސެމްބަރު 2025 | ހޮނިހިރު | 9:52
ކިންގްސް ކެޕިޓަލް ކުންފުނިން ހިންގި ސްކީމެއްގައި ބައިވެރިވެ، ފައިސާ އިންވެންސްޓްކުރި މީހަކަށް ބަދަލު ދޭން އެ ކުންފުންޏާއި އޭގެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަލްހާނާއި ޝަހުބާންގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ 587،466ރ. 15 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އަލްހާނާއި ޝަހުބާން އަދި ކިންގްސް ކުންފުނީގެ މައްޗަށް އަމިއްލަ މީހަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ދެ ފަހަރެއްގެ މަތިން އިންވެސްޓްކުރި 120،000ރ. އާއި އެ ފައިސާ އިންވެސްޓް ކޮށްގެން ލިބެންޖެހޭ ފައިދާގެ ގޮތުގައި ނުލިބިވާ 390،840ރ. ހޯދުމަށެވެ.