މަގާމުގައި ހުރެ ހަދިޔާ ބަލައިގަތުމުގެ ކުށުގައި އިމްރާންގެ ދެކަނބަލުންނަށް އިތުރު 17 އަހަރުގެ ހުކުމެއް
މިހާރު
20 ޑިސެމްބަރު 2025 | ހޮނިހިރު | 6:22
ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި އިރު ލިބިވަޑައިގެންނެވި ހަދިޔާ ގަބޫލުކުރެއްވުމުގެ މައްސަލައިގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީއަށް އަނެއްކާވެސް 17 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
މިއީ 2022 ވަނަ އަހަރު ވެރިކަމުން ދުރުކުރުމަށް ފަހު އެކި ދައުވާތައްކޮށް 2023 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނަވާ އިމްރާން އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަތުމަށް ކުރިމަތިކޮށްފައިވާ ގާނޫނީ ގޮންޖެހުންތައް އިތުރަށް އުނދަގޫވި ހުކުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
އިމްރާންގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތަކަކަށް ވެސް އޭނާ ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.