ސިއްރު އޮޕަރޭޝަންތަކެއް ހިންގައި މެލޭޝިއާއިން ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިގެންފި
މިހާރު
20 ޑިސެމްބަރު 2025 | ހޮނިހިރު | 6:36
މެލޭޝިއާ ފުލުހުން ހިންގި ސިއްރު އޮޕަރޭޝަންތަކެއްގައި 375 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ކޮކެއިން، ކެޓަމީން އަދި އެހެނިހެން ބާވަތްތަކުގެ ޑްރަގް ހިމެނޭއިރު މިއީ އެ ގައުމުގައި މިހާތަނަށް މި ބާވަތުގެ ތަކެތި އެންމެ ގިނައިން އަތުލައިގަތް އެއް ފަހަރެވެ.
މެލޭޝިއާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކުއާލަ ލަމްޕޫރުގެ އެކި ހިސާބުތަކުގައި ހިންގި ސިއްރު ހަތަރު އޮޕަރޭޝަނެއްގައި ހަތަރު ޓަނުގެ ކޮކެއިން އާއި 14 ޓަނުގެ ކެޓަމީން އަދި ސިންތެޓިކް ޑްރަގެއް ކަމަށްވާ އެމްޑީއެމްއޭ އާއި މަސްތުވާތަކެތި އުފައްދަން ބޭނުންކުރާ ސާމާނު އަތުލައިގެންފައިވާ ކަމަށެވެ.