މާފަރު އެއާޕޯޓުގެ އޭޕްރަންއަށް ބޮޑުކުރި ބައި ހުޅުވައިފި
މިހާރު
20 ޑިސެމްބަރު 2025 | ހޮނިހިރު | 8:36
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ނިންމަައި އެތަން ހުޅުވައިފި އެވެ.
އެ މަޝްރޫއުއަށް ފައިނޭންސް ހަމަޖައްސާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށެވެ. އަދި މަސައްކަތް ކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
އާ އޭޕްރަން އާ އެކު އެއާކްރާފްޓްތަކުގެ މޫވްމެންޓްތައް އިތުރުވެ، ގްރައުންޑް ހޭންޑްލިން ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް މާފަރު އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.