އާ ޓާމިނަލުން ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު 34 އަށް

މިހާރު

20 ޑިސެމްބަރު 2025 | ހޮނިހިރު | 8:40

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ފްރާންސްގެ ގައުމީ އެއާލައިން, އެއާ ފްރާންސަށް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 34 އެއާލައިނެވެ. އެމްއޭސީއެލް އިން ބުނީ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ

ޓާމިނަލް 1 އިން އެއާ ފްރާންސަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫނެވެ.

މައުޟޫޢުތަށް