ނަޝީދު މާފުއްޓަށް: ތަރައްގީގައި ރަށެއްގެ ރީތި ސިފަ ގެއްލުވާ ނުލާތި!
މިހާރު
20 ޑިސެމްބަރު 2025 | ހޮނިހިރު | 9:40
"ނަމަނަމަ މިހިރަ ރަށްރަށުގައި އަޅާ ތާރުގަނޑު ގެނެސް މިތާ އަޅަން، ތިބޭފުޅުންގެ ހިތަށް އެ މަންޒަރު ނުގެންނަވާތީ. ތަރައްގީއަކީ ކޮންކްރީޓެއް ނޫން. ތަރައްގީއަކީ ތިމަންނާ އަށް ވާ ގޮތެއް. ތިމަންނާ އަށް އަންނަ ބަދަލެއް."
ލޯކަލް ޓޫރިޒަމްގައި ކ. މާފުއްޓަށް ލިބިފައިވާ އިންގިލާބީ ކުރިއެރުމާ އެކު، އެ ރަށުގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ތަރައްގީ ގެންނަން ޖެހިފައި ވިޔަސް، އެ މަގުސަދު ހާސިލްކުރުމުގައި ޖަޒީރާ ވަންތައް، ރީތި ރަށެއްގެ ސިފަ ގެއްލުވާ ނުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އިލްތިމާސްކުރައްވައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކުރުމަށް އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ މާފުށީގެ ބްރޭންޑަކަށް ހަގީގަތުގައި ވާން ޖެހޭނީ އެ ރަށުގެ ވަށައިގެންވާ ގުދުރަތީ ނިޒާމުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާ ރަށަކަށް ވުން ކަމަށެވެ.