ގުރައިދޫ ބޭރުން ފެނުނު ކިނބުލެއް "ރާއްޖެ ނާދެވޭ ގޮތަށް" ދޫކޮށްލަނީ
މިހާރު
20 ޑިސެމްބަރު 2025 | ހޮނިހިރު | 10:02
ކ. ގުރައިދޫ ބޭރުން ކަނޑުމަތިން ފެނުނު ކިނބުލެއް "ރާއްޖެ ނާދެވޭ ގޮތަށް" ދޫކޮށްލުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ކިނބޫ ފެނުނީ ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ކިނބޫ ފެނިގެން ކޯސްޓްގާޑަށް ރިޕޯޓްކުރީ "ރަންމުތް" ކިޔާ ދޯންޏަކުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"ރަންމުތް" ދޯނީގެ ފަޅުވެރިން ހިފި އެ ކިނބުލުގެ ދިގުމިނުގައި ހަ ފުޓޫ ހުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.