ބުރު ތިންވަނަ އަށް ވާން ކުރަނީ!
މިހާރު
20 ޑިސެމްބަރު 2025 | ހޮނިހިރު | 11:02
އީގަލްސްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ބުރު ތިންވަނަ އަށް ޖެހިލައިފި އެވެ.
މިއަދު މެޗުން ހޯދި ތިން ޕޮއިންޓާ އެކު ބުރުން ވަނީ 11 މެޗުން 20 ޕޮއިންޓް ހޯދައިފަ އެވެ. ކުރިން ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ބުރާ، ޕޮއިންޓްގެ ގޮތުން މިހާރު ހަމަހަމަ އެވެ. ފައިދާ ލަނޑުގެ ތަފާތުން ބުރަށް ކުރި ލިބެ އެވެ. ބުރަށް ފައިދާ 16 ލަނޑު އެބައޮތެވެ. ނިއު އަށް އޮތީ ފައިދާ 13 ލަނޑެވެ.
ހުކުރު ދުވަހުގެ ރޭ ވިކްޓަރީ އަތުން ބަލިވެ، ނިއުގެ ރޭސް ވަނީ މަޑުޖެހިފަ އެވެ.