ދެ ރަތް ކާޑާ އެކު ނިންމާލި ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް، ޗެލްސީއާ އެއްހަމަ ކޮށްފި
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 6:59
ލަންޑަން (ޑިސެމްބަރު 21) - ނުވަ ކުޅުންތެރިންނާ އެކު މެޗު ނިންމާލަން ޖެހުނު ޓޮޓެންހަމް ހޮޓްސްޕާ 2-1 އިން ބަލިކޮށް ލިވަޕޫލް، ހަތަރުވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފި އެވެ.
ޗެލްސީން މި ސީޒަނަށް ގެންދަން މަސައްކަތް ކުރި ނަމަވެސް ފަހު ވަގުތު ޓޮޓެންހަމަށް ބަދަލުވި ޒަވީ ސިމޯންސް އަށް 33 ވަނަ މިނިޓުގައި ރަތް ކާޑު ދެއްކި އިރު، ލިވަޕޫލް ލީޑު ނެގީ 56 ވަނަ މިނިޓުގައި އެލެކްޒެންޑާ އީސާކް ޖަހައިދިން ގޯލުންނެވެ. އޭގެ 10 މިނިޓު ފަހުން ހޫގޯ އެކިޓީކޭ ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް ޓޮޓެންހަމް ވަނީ 83 ވަނަ މިނިޓުގައި ރިޗާލިސަންގެ ގޯލަކުން ފަރަގު ކުޑަ ކޮށްފަ އެވެ.
އޭގެ ފަހުން ވެސް ރިޗާލިސަން އަށް ވަނީ ނަތީޖާ އެއްވަރު ކުރަން ހުސް ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ. ޓޮޓެންހަމް މި މެޗު ނުވަ ކުޅުންތެރިންނާ އެކު ނިންމާލަން ޖެހުނީ އިތުރު ވަގުތުގައި ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.