ރިޒޭގެ ލަނޑު ލިސްޓް: ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އަށް 100 ގޯލު!
މިހާރު
23 ޑިސެމްބަރު 2025 | އަންގާރަ | 2:01
ރާއްޖޭގެ މައި ފުޓްބޯޅަ ލީގު، ދިވެހި ޕްރިމިއާ ލީގުގެ ނަމުގައި 2015 ގައި ތައާރަފުކުރި ފަހުން އެއް ކްލަބެއްގައި 100 ލަނޑު ޖެހި އަދި އެއް ކްލަބެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް ރިޒޭ
ގޯލު ޖެހުމުގައި ހުޝިޔާރު ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) މިވަނީ ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި އަނެއްކާ ވެސް އޭނާގެ ނަން ފަވާލައިފަ އެވެ. ދިވެހި ލީގުގެ ނަން ދިވެހި ޕްރިމިއާ ލީގަށް ބަދަލުކޮށް، މިހިނގާދިޔަ 10 އަހަރުވީ ތާރީހުގައި އަނެއްކާވެސް ރިޒޭ، މި ވަނީ އައު ރެކޯޑެއް ހަދައިފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ގޮތުގައި، ރާއްޖޭގެ އެންމެ މަތީ ލީގު ތައާރަފްކުރި ފަހުން އެއް ކްލަބެއްގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއަކީ ވެސް ކ. ދިއްފުއްޓަށް އުފަން ރިޒޭ އެވެ. ކްލަބް އީގަލްސް އަށް 100 ގޯލު ޖަހައިދީ، ރިޒޭ ވަނީ އެ ޝަރަފް ހާސިލުކޮށްފަ އެވެ.