ވެމްކޯގެ ގެއްލުން 126 ޕަސެންޓް އިތުރުވެ 138 މިލިއަނަށް!
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 8:58
ސަރުކާރުން ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ވެމްކޯއަށް މިދިޔަ އަހަރު 138 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.
ޕީސީބީން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ހަތަރު ކުއާޓާގައި ވެސް އެ ކުންފުންޏަށް ވަނީ ގެއްލުންވެފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ވީ މިދިޔަ އަހަރުގެ ފަހު ކުއާޓާގަ އެވެ. އެއީ 55 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ގެއްލުމަކީ އޭގެ ކުރީ އަހަރަށް ވުރެ 126 ޕަސެންޓް އިތުރު އަދަދެކެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު، 61 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ. އަދި އެ ކުންފުނިން 2022 ވަނަ އަހަރު ވެސް ނިންމާލީ 93 މިލިއަންގެ ގެއްލުމާ އެކު އެވެ.