ޓީޓްވެންޓީ ވޯލްޑް ކަޕުން ޝުބްމަން އަށް ފުރުސަތެއް ނެތް
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 9:48
އިންޑިއާގެ ޓެސްޓް ޓީމާއި، ވަންޑޭ އިންޓަނޭޝަނަލް ޓީމުގެ ކެޕްޓަން ޝުބްމަން ގިލް އަށް ކުރިއަށް އޮތް ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ސްކޮޑުން ފުރުސަތު ނުދޭން ސިލެކްޓަރުން ނިންމައިފި އެވެ.
އަންނަ ފެބްރުއަރީ މަހު އޮންނަ މުބާރާތުގެ ސްކޮޑުން އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ނުހިމެނީ އޭނާގެ ފޯމު ދަށްވުމުން ކަމަށް ޗީފް ސިލެކްޓަރު އަޖިތު އަގަރްކަރް ބުންޏެވެ.
މިދިޔަ 15 މެޗުން އޭނާ އަށް ހެދުނީ އެންމެ 291 ލަނޑެވެ. އެކަމަކު ފޯމު ދަށްވުމުގެ ސަބަބުން ފާޑުކިއުން އަމާޒުވެފައިވާ ކެޕްޓަން ސޫޔަކުމާރު ޔާދަވް އަށް ވަނީ ސްކޮޑުން ޖާގަ ދީފަ އެވެ. އެންމެ ފަހުގެ 22 އިނިންގްސްގައި އޭނާ އަށް ހެދުނީ 244 ލަނޑެވެ.