ކިމް ވޫ ބިން އާއި ޝިން މިން އާ ކައިވެނިކޮށްފި

މިހާރު

21 ޑިސެމްބަރު 2025 | އާދިއްތަ | 10:31

ދެކުނު ކޮރެއާގެ ޑްރާމާތަކުގައި މަޝްހޫރު ތަރިން ކަމަށްވާ ކިމް ވޫ ބިން އާއި ޝިން މިން އާ އިއްޔެ ކައިވެނިކޮށްފި އެވެ.

"ދަ ކޮރިއަން ޓައިމްސް"ގައި ބުނީ އެ ކައިވެނީގެ ހަފުލާ ބޭއްވީ ކޮރެއާގެ ވެރިރަށް ސޯލްގެ ހޮޓެލްއެއްގައި ކަމަށެވެ. ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިން ވެސް އެ ހަފުލާގައި ބައިވެރިވި ކަމަށް އެ ނޫހުގައި ބުންޏެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 10 އަހަރު ފަހުން އެ ދެ ތަރިން ކައިވެނިކުރަން ނިންމިކަން އިއުލާންކުރީ އެމީހުންގެ އެޖެންސީ އޭއެމް އެންޓަޓެއިންމަންޓް އިން މިދިޔަ މަހު ނެރުނު ބަޔާނެއްގަ އެވެ.

މައުޟޫޢުތަށް