ރޮނާލްޑޯގެ ރެކޯޑާ އެމްބާޕޭ ހަމަކޮށްފި
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 9:55
ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އަތުން 2-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ލަނޑު ޖަހައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑާ އެއްވަރުކޮށްފި އެވެ.
އެމްބާޕޭ ހަމަހަމަކުރީ ރެއާލަށް 2013 ވަނަ އަހަރު 59 ގޯލް ޖަހައިގެން ރޮނާލްޑޯ ހަދާފައިވާ، އެއް އަހަރު ތެރޭ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާ އެވެ. ރޮނާލްޑޯ 69 މެޗުން ހެދި ރެކޯޑާ އެމްބާޕޭ އެއްވަރުކުރީ 58 މެޗުންނެވެ.
އެމްބާޕޭ ބުނީ ރެއާލުގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަދި އޭނާގެ ވެސް ހީރޯ ހެދި ރެކޯޑެއް ހެދުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އޭނާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރީ ވެސް ރޮނާލްޑޯ އުފާފާޅުކުރާ ގޮތަށެވެ.