ތަރައްގީގެ "ސްޕޭޝަލް ޕްލޭނިން" ހަދަން ބޭރު ބަޔަކު ހޯދަނީ
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 11:18
ތަރައްގީގެ ސްޕާޝަލް ޕްލޭނިން ނުވަތަ ބިމާއި އިމާރާތް ފަދަ ތަންތަން އެންމެ ރަނގަޅަށް މަންފާ ލިބޭނެ ގޮތަށް ޕްލޭނިން ހަދަން ބޭރު ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ސަރުކާރުން ހަދާ 20 އަހަރުގެ ގައުމީ ތަރައްގީ ޕްލޭން އެކުލަވާލާ އިރު އެކަމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް އިންޓަނޭޝަނަލް ކޮންސަލްޓެންޓެއް ބޭނުންވާ ކަމަށެވެ.
އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ވެސް ލޯކަލް ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ. ބޭރުގެ ބަޔަކު ހޯދަނީ، އެ ޕްލޭން އެކުލަވާލުމުގައި އިންޓަނޭޝަނަލް ސްޓޭންޑަޑްތަކާ އެއްގޮތަކަށް ކަންކަން ރާވަމުން އަންނަކަން ޔަގީން ކުރުމަށެވެ. އަދި އެފަދަ ޕްލޭނިންތަކާ ގުޅޭ ފަންނީ އެހީތެރިކަން ރާއްޖޭގެ ކުންފުންޏަށް ފޯރުކޮށްދިނުމަށެވެ.