ފުރަތަމަ 10 މަހު ޓޫރިޒަމް ދާއިރާއަށް 1.2 ބިލިއަން ރުފިޔާގެ ލޯނު
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 7:59
އަހަރުގެ ފުރަތަމަ 10 މަސް ދުވަސް ތެރޭ ޓޫރިޒަމް ދާއިރާއަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޓޫރިޒަމް ދާއިރާއަށް 12.4 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އަދި އޮކްޓޫބަރު މަހު އެ އަދަދު ހުރީ 13.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ މާލީ އިދާރާތަކުން އެންމެ ބޮޑު އަދަދެއްގެ ލޯނު ދޫކޮށްފައިވަނީ ވެސް ޓޫރިޒަމް ދާއިރާއަށެވެ.