ހުޅުމާލެ ތިނެއް ހިއްކައި ފަރުކޮޅުފުއްޓާ ގުޅުވާލައިފި
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 4:20
ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ ގުޅުވާލައިފި އެވެ.
ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތްކުރާ އެމްއޭސީއެލުން މިއަދު ބުނީ ޖުމްލަ 40 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ 63 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ 63.5 ޕަސެންޓް ކަމަށާއި އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލުން މިއަދު އާންމުކުރި އެ ސަރަހައްދުގެ ފޮޓޯތަކާ އެކު، ހުޅުމާލެ ތިނަކާއި ފަރުކޮޅުފުށި އެއްކޮށްލާފައިވާ މަންޒަރަށް އާންމުންގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. އެ ސަރަހައްދު ހިއްކުމާ އެކު، ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށީގެ ރީތިކަން އެއްކޮށް ވަނީ ގެއްލިފަ އެވެ.