ކުރީގެ ޑައިރެކްޓަރު ފައްތާހު ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަނީ

މިހާރު

21 ޑިސެމްބަރު 2025 | އާދިއްތަ | 5:10

ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު، އަބްދުލް ފައްތާހު، ހއ. ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަން ނިންމައިފި އެވެ.

ފައްތާހު، އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓުތަކުގައި ބުނީ ޕީއެންސީގެ ޓިކެޓުގައި އުފަން ރަށުގެ ކައުންސިލް ރައީސްކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ. އެހެންވެ، އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީގައި އޭނާއަށް ވޯޓު ދިނުމަށް ވަނީ އެދިފަ އެވެ.

ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ފައްތާހުގެ އެންމެ ފަހުގެ ފިލްމު "ހައްދު"އަށް ފަހު، އޭނާ ވަނީ އެ ދާއިރާއިން ރިޓަޔާ ވެފަ އެވެ. އެ އަށް ފަހު، 2018 ހިސާބުގައި ކެލައަށް ދިރިއުޅުން ބަދަލުކޮށް، ކެލާގައި ރެސްޓޯރެންޓު ވިޔަފާރިއެއް ވަނީ ފަށައިފަ އެވެ.

މައުޟޫޢުތަށް