ލޯކަލް ކައުންސިލް އިންތިހާބު: ޓައިމްލަައިން ބާތިލްކޮށް އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 16 އަށް އަވަސްކޮށްފި

މިހާރު

21 ޑިސެމްބަރު 2025 | އާދިއްތަ | 7:24

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަަންނަ ޖެނުއަރީ 16 އަށް އަވަސްކޮށްފި އެވެ.

އެ ޕާޓީން ކުރިން ނިންމާފައި އޮތް ގޮތުން ނަމަ އެ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 30 ގަ އެވެ.

ނަމަވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފޯމު ހުށަހެޅުން ޖެނުއަރީ 17 ވަނަ ދުވަހު ހުޅުވާލައި އެ ކަމަށް ލިބޭނީ 14 ދުވަހުގެ މުއްދަތެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

މައުޟޫޢުތަށް