އެސްއެމްއީ ބޭންކުން މައިކްރޯ ފައިނޭންސިން އެއް ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެ

މިހާރު

21 ޑިސެމްބަރު 2025 | އާދިއްތަ | 8:32

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބީއެމްއެލް އިން ތައާރަފުކުރާ "މައިކްރޯ ފައިނޭންސިން" ޕްރޮޑަކްޓުގެ ދަށުން އެއް ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ގައުމީ ބޭންކުން ބުނީ އެ ފައިނޭންސިންގެ ދަށުން 2.5 ޕަސެންޓު ރޭޓުގައި މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން މި ފައިނޭންސިން އަގުހެޔޮކޮށް އަދި ދިގު މުއްދަތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ލިބޭނެ އެވެ. ބީއެމްއެލް އިން ބުނި ގޮތުގައި، އެ ފައިނޭންސިންގެ ދަށުން 10 އަހަރާ ހަމައަށް ފައިސާ ދެއްކޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ އެވެ.

މައުޟޫޢުތަށް