ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އާދިލް ނިޔާވެއްޖެ
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 8:32
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިންގެ ތެރޭ ހިމެނޭ އިބްރާހީމް އާދިލް (ކޮއްކޮ) ކެންސަރު ބަލީގައި މިއަދު ހަވީރު ނިޔާވެއްޖެ އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އާދިލް އައީ އެ ބަލީގެ ވޭން ތަހައްމަލު ކުރަމުންނެވެ. އުމުރުން 48 އަހަރުގެ އާދިލް ނިޔާވީ އޭނާގެ ހާލަތު މި ފަހުން ވަރަށް ބޮޑަށް ދަށްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނީ، އާދިލަކީ ރާއްޖޭގެ ވޮލީބޯޅައިގައި ޒަމާނީ ފެށުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެއް ކަމަށާއި މިހާރު އެ ކުޅިވަރު އޮތް ހިސާބަށް ގެނައުމުގައި އޭނާގެ ހިއްސާ ބޮޑު ކަމަށެވެ.