ފޭކް "ސައޫދީ ޕްރިންސެއް" ލުބްނާންގެ ސިޔާސީ އެތައް ބަޔަކަށް ލަނޑު ދީފި
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 6:32
ސައޫދީ ސަރުކާރުގެ ނިންމުންތަކަށް ސިޔާސީ އަދި މާލީ ގޮތުން ނުފޫޒު ފޯރުވޭނެ ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ބުނެ، ސައޫދީ ޝާހީ އާއިލާގެ މީހެއް ކަމަށް ހެދިގެން އެތައް ބަޔަކަށް ލަނޑު ދިން ލުބްނާން މީހަކު ހައްޔަރުކޮށްފި އެވެ.
"އަބޫ އުމަރު" ގެ ނަމުން މަޝްހޫރުވެފައިވާ މި މީހާ ސިފަކޮށްފައި ވަނީ ލުބްނާނުގެ ސިޔާސީ މައިދާނަށް ނުފޫޒު ފޯރުވުމުގެ ގާބިލްކަން ލިބިފައިވާ ސައުދީގެ އިސް އޮފިޝަލެއްގެ ގޮތުގަ އެވެ.
ލުބްނާންގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އަކީ ލުބްނާނުގެ ސުންނީ ދީނީ ލީޑަރެއް ކަމަށްވާ ޚަލްދޫން އަރަޔަމަތުއާ ގުޅިގެން އުޅުނު، އުތުރުގެ އަކާރް ސަރަހައްދަށް ނިސްބަތްވާ ލުބްނާން މީހެއް ކަމަށްވާ މުސްތަފާ އަލް ހެސިއަން އެވެ.