މުދަލު ޒަކާތުގެ ނިސާބު 19،527ރ. އަށް އިތުރުވެއްޖެ

މިހާރު

21 ޑިސެމްބަރު 2025 | އާދިއްތަ | 9:28

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 19،527.90ރ. އަށް އިތުރުވެއްޖެ އެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އެންމެ ފަހުން ބަދަލު އައީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު ކަނޑައަޅާފައި ވަނީ 11,191.95ރ. އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށް ފަހު ކަމަށް ވާތީ މިއަދުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ ރިހީގެ ގްރާމަކަށް 32.82 ލާރީގެ ރޭޓުން 595 ގްރާމަށްވާ 19،527.90ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މައުޟޫޢުތަށް