ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިއުން މަނާ، 11،12 ކުދިންގެ ފޯނު ލޮކަރަށް!
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 10:52
ދިރާސީ އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ފަށާއިރު، ގްރޭޑް 10 އިން ދަށުގެ ކްލާސްތަކުގައި ކިޔަވާ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން ހަރުކަށިކޮށް، ގްރޭޑް 11،12 ގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދެވުނަސް ކްލާސްގަޑީގައި އެ ކުދިންގެ ފޯނުތައް ލޮކަރުގައި ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ، ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލައިގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
އެހެންވެ، އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން އިމްޕްލިމެންޓް ކުރަން ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.