ދައުލަތުގެ މަގާމަކަށް އައްޔަން ކުރުމުން ރިޓަޔާމެންޓް އެލަވަންސް މެދުކެނޑޭ ގޮތަށް ހަދަނީ

މިހާރު

22 ޑިސެމްބަރު 2025 | ހޯމަ | 12:53

މަގާމަކުން ރިޓަޔާ ކުރުމަށް ފަހު، އެހެން މަގަމާކަށް އައްޔަން ކުރުމުން، އެ ފަރާތްތަކަށް ލިބޭ ރިޓަޔާމެންޓް އެލަވަންސް އެ މަގާމެއްގައި ހުންނަ މުއްދަތެއްގައި މެދުކެނޑޭ ގޮތަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދީ ސްކޫލުގައި ބޭއްވި ޖަލްސާ ފައްޓަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ އެކި ކަހަލަ ކަންކަން ކުރުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުގައި މުހިއްމު ބައެއް މަގާމުތަކަށް ރިޓަޔާޑް ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށާއި އެއީ އަހުލާގީ ގޮތުން ރަނގަޅު، ހިންގުންތެރި އަދި ނަޒާހާތްތެރި ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ގާބިލު ބަޔަކަށް ވާތީ ސަރުކާރު ހިންގުމުގައި ފަސްބައި ސާފު ނަޒާހާތްތެރި ބަޔަކު ލުމުގެ ގޮތުން އެ ބޭފުޅުން ވެސް ބައިވެރި ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް