"ވާނުވާ"ގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ މައްސަތައް މާޗުގެ ނިޔަލަށް ނިންމަނީ!
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 1:29
ޝަރީއަތް ނިމެންދެން ބަންދުކުުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް ވާނުވާ ނޭނގި ބަންދުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލަތަކުގެ ކޯޓު މަރުހަލާތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވި މައުލޫމާތުގެ މައްޗަށް ބުރަވެ، ރައީސް އެހެން ވިދާޅުވީ ހުޅުމާލެ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން އަނެއްކާ ވެސް ވާނުވާ ބަންދުގެ މައްސަލަ ނެންގެވުމުންނެވެ.
ރައީސް ވިދާޅުވީ، ވާނުވާ ބަންދުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް މާޗު މަހުގެ ނިޔަލަށް ނިންމުމަށް ފަހު، ބާކީ ތިިބި މީހުންގެ މައްސަލަތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށެވެ.