ދެވަނަ މެޗުވެސް ސީދާ ތިން ސެޓުން ރާއްޖޭން ކާމިޔާބުކޮށްފި، ދެން އޮތީ ރޭންކިންގެ ގަދަހިފުން!
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 9:08
އަފްޣާނިސްތާނުގެ މައްޗަށް ވެސް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ރޭންކިންގެ އެއްވަނަ ހޯދަން ރާއްޖޭން ވާންކޮށްފި އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން (ކާވާ) ގެ ވޮލީބޯޅަ މުބާރާތުގައި އަފްޣާންއާ ދެކޮޅަށް ރާއްޖޭން ކާމިޔާބު ހޯދީ 25-20، 25-13 އަދި 25-12 އިންނެވެ.
ރާއްޖެ އަށް ދެން އޮތީ ކިރިގިތާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ވެގެންދާނީ ރޭންކިންގެ އެއްވަނަ ކަނޑައެޅުމުގެ ގަދަހިފުމުގެ މެޗަށެވެ.