އާރްޑީސީގެ ގެއްލުން 229 މިލިއަން ރުފިޔާއަށް
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 11:08
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް މިދިޔަ އަހަރު 229 މިލިއަން ރުފިޔާގެ ގެއްލުން ލިބިއްޖެ އެވެ.
ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ހަތަރު ކުއާޓާގައި ވެސް އެ ކުންފުނި ހިންގީ ގެއްލުމުގަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހަތަރު ވަނަ ކުއާޓާގަ އެވެ. އެ ކުއާޓާގައި 70 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.
އާރްޑީސީގެ ގެއްލުން މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 22 ޕަސެންޓު އިތުރުވެފަ އެވެ. އާރްޑީސީ އަށް 2023 ވަނަ އަހަރު 188 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.