ސިވިލް ސާވަންޓުން ހެދުން އެޅުމުގައި 2010 ގެ މިންގަނޑަށް އަމަލުކުރަން ފަށަނީ
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 1:51
ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ސިވިލް ސާވަންޓުން ހެދުން އެޅުމުގައި 2010 ގައި އެކުލަވައިލި މިންގަނޑަށް އަލުން އަމަލު ކުރަން ފެށުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި ދަންނަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވަންޓުން އޮފީހަށް ނުކުންނައިރު ހެދުން އަޅަންޖެހޭ މިންގަނޑުތައް ހިމަނައި 2010 ގައި އެކުލަވައިލި އުސޫލަށް އަމަލު ކުރުން އޮތީ ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި މިހާރު އަމަލު ކުރަނީ 2014 ގައި އެކުލަވައިލި މިންގަނޑަށެވެ.
ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް ރޭ ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާއީ ގޮތުން ބަަލައިގަންނަ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދާ ކަމަށެވެ.