ހުޅުމާލެ 2ގެ އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ

މިހާރު

22 ޑިސެމްބަރު 2025 | ހޯމަ | 12:18

ހުޅުމާލޭ 2 ގެ ހިޔާ ފްލެޓުތައް ކައިރީ އަމިއްލަ ފަރާތެއްގެ ހަރަދުގައި އިމާރާތް ކޮށްފައިވާ އާ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފި އެވެ.

މަސްޖިދުލް އީމާންގެ ނަން ދީފައިވާ އެ މިސްކިތަކީ ތިން ބުރިއަށް ހަދާފައިވާ މިސްކިތެކެވެ. ހިޔާގެ ރަތް ފްލެޓުތައް ކައިރީގައި މާލޭގެ މަޝްހޫރު އާއިލާއެއްގެ ފަރާތުން އިމާރާތް ކޮށްފައިވާ އެ މިސްކިތުގައި 1،200 މީހުންގެ ޖާގަ އޮވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި އެ މިސްކިތް ހުޅުވާނީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ.

މައުޟޫޢުތަށް