ހުޅުމާލޭގެ މުނިސިޕަލް ކަންކަމާ ސިޓީ ކައުންސިލުން ހަވާލުވާކަށް ބޭނުމެއް ނުވި: ރައީސް
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 4:16
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ މާލޭ ސިޓީ ކައުންސިލުން ހަވާލުވާން ބޭނުން ނުވި ކަމަށާއި މިހާތަނަށް ވެސް ގޮތެއް ނުނިމި ދިގުލައިގެން ދަނީ އެހެންވެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އާންމުންގެ ސުވާލުތަކެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި އެކަމަށް އެޗްޑީސީ އާއި ސިޓީ ކައުންސިލާއެކު ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެކަމަކު ރައީސް ވިދާޅުވީ ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން އެއްބަސްނުވީ ކަމަށެވެ. އެހެންވެ، އެޗްޑީސީން ހުޅުމާލޭގެ މުނިސިޕަލްގެ މަސައްކަތްތައް ކުރަނީ ވަގުތީ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.