ދެ ގެއެއް ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފި
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 12:45
ދެ ގެއެއް ފާސްކޮށް 500 އެއްހާ ވޭޕް އިއްޔެ އަތުލައިގެންފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ފާސްކުރިއިރު 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރެޓާއި ޝީޝާ ޕަފް އަދި ވޭޕާ ގުޅުން ހުރި ތަކެތި ފެނިފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރާއްޖެއަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.