ކުށްތަކަށް އަރައިގަންނަ ފުލުހުންނަށް ޖާގައެއް ނޯންނާނެ: ސީޕީ
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 2:30
ކުށްތަކަށް އަރައިގަންނަ ފުލުހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ މީހުންނަށް އެ ހިދުމަތުގައި ޖާގަ ނޯންނާނެ ކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްވައިފި އެވެ.
ކުޅެން ގެންގުޅޭ ބެއާއެއްގެ ތެރޭގައި ފޮރުވައިގެން ތ. ވަންދުއަށް ޑްރަގު އެތެރެކުރަން އުޅުނު ފުލުހަކު އިއްޔެ ހައްޔަރުކުރި މައްސަލައިގައި ސީޕީ ވިދާޅުވީ ޖިނާއީ އެފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އެފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ހިދުމަތުން އެއްވެސް ޖާގައެއް ނުދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.