ވީއައިއޭގެ އާ ޓާމިނަލުން ފަސް ލައްކަ އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފި
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 8:45
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުން މިހާތަނަށް ފަސް ލައްކަ އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެ އެއާޕޯޓު ހިންގާ އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ، މި އަހަރުގެ ޖުލައި 26 ގައި ހުޅުވައި އެ ދުވަހުން ފެށިގެން ބޭނުންކުރަމުން އަންނަ އާ ޓާމިނަލުން ރާއްޖެއިން ފުރި 252،000 ފަސިންޖަރުންނަށާއި ރާއްޖެ އައި 255،000 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި، އާ ޓާމިނަލުން އެންމެ ގިނަ ފަސިންޖަރުންނަަށް ހިދުމަތް ދީފައި ވަނީ އިއްޔެ އެވެ. އިއްޔެ ވަނީ 19،000 ވުރެ ގިނަ ފަސިންޖަރުން ހިދުމަތް ދީފަ އެވެ. އޭގެ ތެރޭގައި ފުރި 8،600 ފަސިންޖަރުންނާއި ރާއްޖެ އައި 10،800 ފަސިންޖަރުން ހިމެނެ އެވެ.