ޒުވާނުންގެ ވެރިކަމެއް ހިންގަން ނޭޕާލްގެ ވަގުތީ ސަރުކާރާއި "ޖެން ޒީ" ގެ އެއްބަސްވުމެއް

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 6:34

މިދިޔަ ސެޕްޓެމްބަރު މަހު ނޭޕާލްގެ ވެރިކަން ވައްޓާލި ޖެން ޒީ މޫމްމަންޓާ އެކު އެ ގައުމުގެ ވަގުތީ ސަރުކާރުން މިދިޔަ ހަފްތާގައި ތާރީހީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޒުވާނުން އެންމެ ފުރަތަމަ މަގުތަކަށް ނުކުމެ މުޒާހަރާ ފެށީ ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމުންނެވެ. އެ ރުޅިވެރިކަމުގައި ހިނގި ހަމަނުޖެހުންތަކާ އެކު އެތައް ބަޔަކު މަރުވެ މަސްރަހު ގޯސްވުމާ އެކު ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއަކަށް ބަދަލުވެ ޒުވާނުންގެ އިތުރުން އެންމެން މަގުތަކަށް ނުކުތެވެ.

ވެރިރަށް ކަތުމަންޑޫގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަގުތީ ބޮޑުވަޒީރު ސުޝީލާ ކަރްކީ އާއި މުޒާހަރާގައި މަރުވި މީހުން ތަމްސީލްކުރާ ބޯޖް ބިކްރަމް ތާޕާ އެވެ.

މައުޟޫޢުތަށް