ހުޅުމާލެ މުނިސިޕަލް ހިދުމަތް: އާޒިމާއި ކައުންސިލަރުންގެ ކޯޅުމަކަށް!

މިހާރު

22 ޑިސެމްބަރު 2025 | ހޯމަ | 9:34

ހުޅުމާލެ 1 ގެ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި އެއް ސުވާލެއްގެ ގޮތުގައި އެ މަނިކުފާނަށް އަމާޒުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލު ނުކުރެވި ދިގުލައިގެންދާ މައްސަލަ އެވެ. އެއީ ރައީސްގެ ވަރަށް މުހިންމު ވައުދަކަށް ވާއިރު އެ މަނިކުފާނު ރޭ ވިދާޅުވީ، މިހާތަނަށް އެކަމަށް އަމަލީ ސިފައެއް ނައިސް އޮތީ ސިޓީ ކައުންސިލުން ބޭނުން ނުވެގެން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ކެބިނެޓާއި ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާއެއް ވެސް ތިބީ ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް އެޗްޑީސީގެ އަތުން ނަގައި ސިޓީ ކައުންސިލަށް ބަދަލުކުރުމުގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެގެންނެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މާ ލަސްތަކެއް ނުވެ ކައުންސިލްގެ ފަރާތުން އަނެއްކާ ވެސް އެ ނިންމުން ބަދަލުކޮށް ހަވާލުވެލައްވާނެ ކަމަށް. އަޅުގަނޑު މިހުރީ ވައުދު ފުއްދަން ތައްޔާރަށް،" ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.

މައުޟޫޢުތަށް