ޕީއެންސީގެ ޕްރައިމަރީގައި 300 މީހުން، އިންތިހާބާ ބެހޭ ޝަކުވާއަށް ހުޅުވާލައިފި

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 12:24

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކޮށް، ޝަކުވާއަށް މިރޭ ހުޅުވާލައިފި އެވެ.

ވެރިކަން ކުރާ ޕާޓީން ނެރުނު އިއުލާނެއްގައިވާ ގޮތުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ.

ޕީއެންސީން ވަނީ ޕްރައިމަރީއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ، އެކަމަށް ހާއްސަ ކޮށްފައިވާ ނަމްބަރު 9323686 އަށް ގުޅައި އެކަން ހިއްސާކުރަން އެދިފަ އެވެ.

މައުޟޫޢުތަށް