ވަރުގަދަ ފައިޓްގައި ރާއްޖޭން ކުރިހޯދައި ރޭންކިންގެ އެއްވަނަ!
މިހާރު
23 ޑިސެމްބަރު 2025 | އަންގާރަ | 9:28
ވާދަވެރި މެޗުގައި ކިރިގިސްތާނާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުމަކަށް ފަހު ރާއްޖޭން ފަހަތުން އަރައި މެޗު ކާމިޔާބު ކޮށްފި އެވެ.
މާލޭގައި މިހާރު ކުރިއަށްދާ، އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗު ދިވެހި ޓީމުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ސެޓްގައި ކިރިގިސްތާން މޮޅުވީ 25-15 އިންނެވެ. ތަފާތު ބޮޑުކޮށް ކިރިގިސްތާނުން މޮޅުވިޔަސް، އެ ހިތްހަޖެހުމެއް ދެން އައި ސެޓްތަކުގައި އެ ޓީމަކަށް ނުހޯދުނެވެ.