މާލެ އަތޮޅުގައި ހިންގާ ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް، ފިޔަވަޅު އަޅަނީ!

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 9:43

މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެ މަސައްކަތްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ރޭ ދީފި އެވެ.

އެ އިދާރާ އިން ބުނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި މަސައްކަތް ކުރުމާއި ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމާއި މޫސުން ގޯސްވެ، މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފައިވާ ދުވަސްތަކުގައި ވެސް މަސައްކަތް ކުރަމުން ދިއުން ފަދަ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް ބުންޏެވެ.

މައުޟޫޢުތަށް