އަޖޭގެ "ދުރިޝްޔަމް 3" ގެނެސްދެނީ އޮކްޓޯބަރު ދޭއްގައި
މިހާރު
23 ޑިސެމްބަރު 2025 | އަންގާރަ | 11:13
ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ މަޝްހޫރު ފިލްމު ސީރީޒް "ދުރިޝްޔަމް"ގެ ތިންވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.
"ދުރިޝްޔަމް 3" ގެނެސްދޭ ސްޓާ ސްޓޫޑިއޯސް އިން އިއްޔެ ވަނީ ފިލްމުގެ ކުރު ޓީޒާއަކާ އެކު، ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފަ އެވެ. އެ ފިލްމު ގެނެސްދެނީ އަންނަ އަހަރު އޮކްޓޯބަރު ދޭއްގަ އެވެ.
އޮކްޓޯބަރު ދޭކަކީ އެ ފިލްމުގެ ޕްލޮޓާ ވެސް ވަރަށް ބޮޑު ގުޅުމެއް އޮންނަ ތާރީޚެކެވެ.