މާލޭގައި ދުވާލަކު 4 ވައްކަން، ގިނައިން ނެގީ ސައިކަލާއި އިލެކްޓްރޯނިކްސް

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 12:47

މާލޭގައި މި އަހަރު ހިންގި ކުށްތަކަށް ބަލާއިރު ގިނައީ ވައްކަންތައް ކަމަށާއި ގިނައިން ވަގަށް ނަގާފައި ހުރީ މީހުންގެ ސައިކަލާއި މޯބައިލް ފޯނު ކަހަލަ އިލެކްޓްރޯނިކްސް ސާމާނު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލެ އޭރިއާގެ ފުލުހުން ކުރި މަސައްކަތްތަކުގެ ތަފްސީލުދޭން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް މާލެއިން 3،449 މައްސަލަ ރިޕޯޓްކުރި އިރު އޭގެ ތެރެއިން 1،425 މައްސަލަ އަކީ ވައްކަމުގެ މައްސަލަ ކަމަށެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 41 ޕަސެންޓް ނުވަތަ ދުވާލަކު ގާތްގަނޑަކަށް 4 ވައްކަމެވެ.

އޭނާ ވިދާޅުވި ގޮތުގައި ވައްކަމުގެ މައްސަލަތަކުގެ 93 ޕަސެންޓަކީ ސައިކަލާއި އިލެކްޓްރޯނިކްސް ވަގަށް ގެންދިޔަ މައްސަލަަތަކެވެ.

މައުޟޫޢުތަށް