ތަކުރާރުކޮށް ކުށްކުރާ 1،000 މީހުންގެ މައްސަލަ އަވަސްކުރަން ޕީޖީއާ މަޝްވަރާކުރަނީ

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 1:37

ތަކުރާރުކޮށް އެކި ކުށްތައް ކުރާ 1،000 މީހުން މާލެތެރެއަށް ދޫވެގެން އުޅޭ މައްސަލާގައި ހައްލު ހޯދަން، އެ މީހުންގެ މައްސަލަތައް އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގައި ފުލުހުން ކުރާ މަސައްކަތްތަކުގެ ތަފްސީލުދޭން އިސްކަންދަރުކޮށީގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މާލޭގައި ވައްކަންކުރުން ގިނަވާ އެއް ސަބަބަކީ ތަކުރާރުކޮށް ކުށްކުރާ މީހުން ދޫވެފައި ތިބުން ކަމަށެވެ. ވައްކަން ގިނަވާ ދެވަނަ ސަބަބަކީ ވަގަށް ގެންދަން ފުރުސަތު ލިބޭ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މުދާ ބެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަކުރާރުކޮށް ކުށްކުރާ ގާތްގަނޑަކަށް 1،000 [މީހުން] އެބައުޅޭ، 1،000 މީހުން ގާތްގަނޑަކަށް ހަމަ ހުރިހާ ވައްކަންތަކެއްގައި ޝާމިލުވަނީ،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް