އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯދަން ހުށަހެޅީ 700 މީހުން

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 2:08

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓަށް އެދި ހުށަހެޅި 700 އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު ފަލާހު "މިހާރު"އަށް ވިދާޅުވީ އެ ދެ އިންތިހާބަށް ޕާޓީގެ ޓިކެޓު ހޯދަން 706 މީހުން ކުރިމަތިލި ކަމަށެވެ. އެއީ ކައުންސިލް އިންތިހާބަށް 506 އަދި އަންހެނުންގެ ކޮމެޓީއަށް 196 މީހުންނެވެ.

އޭގެ ތެރެއިން، ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރަނީ 129 މީހުންނެވެ. އަންހެނުންގެ ކޮމެޓީތަކުން ޕްރައިމަރީގައި 23 މީހުން ވާދަކުރާނެ އެވެ. އަދި ދެން ބާކީ ތިބި ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި ވަނީ ޓިކެޓް ލިބިފަ އެވެ.

މައުޟޫޢުތަށް