ތޫފާނުގެ ގެއްލުމަށް އިންޑިއާއިން ލަންކާއަށް 450 މިލިއަން ޑޮލަރުގެ އެހީ ދެނީ

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 1:32

ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން 450 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު އެރި ތޫފާނުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ލަންކާއިން 640 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ. މިއީ އެ ގައުމުގެ ޖީޑީޕީގެ ހަތަރު ޕަސެންޓެވެ.

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކަ ވިދާޅުވެފައިވާ ގޮތުގައި އެ ތޫފާނަކީ އެ ގައުމުގެ ތާރީހުގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ.

މައުޟޫޢުތަށް