އެމްޓީސީސީގެ ހިދުމަތްތަކަށް އާންމުންގެ ހިޔާލު ހޯދަނީ
މިހާރު
23 ޑިސެމްބަރު 2025 | އަންގާރަ | 2:56
އެމްޓީސީސީގެ ހިދުމަތްތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އެ ކުންފުނިން ސާވޭއެއް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ އެ ސާވޭ އަކީ އެ ކުންފުނިން މިހާރު ދެމުންދާ ހިދުމަތްތަކާ މެދު އާންމުންގެ ހިޔާލު ހޯދައި، އެ ކުންފުނީގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމައަށް ދިނުމުގެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް ހިންގާ ސާވޭއެއް ކަމަށެވެ.
އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ އެ ޕޯސްޓުގައި ހިމެނޭ ލިންކަށް ވަދެގެން އެ ސާވޭގައި ބައިވެރިވެވޭނެ އެވެ.