ހުޅުމާލޭގައި ބަމްޕަރުތައް ހުރިއިރު އެކްސިޑެންޓްތައް މަދުވި: ޕޮލިސް

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 2:53

ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރަން ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ބަމްޕަރުތައް އާއްމުންގެ ޝަކުވާތަކާ ހެދި ނެގުމުގެ ކުރިން އެކްސިޑެންޓުތައް މަދުވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެކްސިޑެންޓްތަކާއި ކާރޫބާރުބޮޑު ހުޅުމާލޭގެ މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ބަމްޕަރުތަކުގެ ސަބަބުން ދުއްވަން އުނދަގޫ ކަމަށާއި އޭގެ މައްޗަށް އެރުމުން އުނަގަނޑުގައި ރިއްސާކަމަށް ބުނެ ޝަކުވާ ކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް އެއް ބަޔަކު އެދުނީ ހުޅުމާލޭގެ ބަމްޕަރުތައް ނަގައިދިނުމަށެވެ. އެހެންވެ، އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ އެ ބަމްޕަރުތައް ނަގައިފަ އެވެ.

މައުޟޫޢުތަށް