ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސާ މަޝްވަރާކޮށްފި
މިހާރު
23 ޑިސެމްބަރު 2025 | އަންގާރަ | 3:53
ރައީސް ޑރ. މުހައްމަދު މުއިއްޒު ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ވަނީ ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި އެ ހިދުމަތް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
ޓެކްސީ ކުރުމަށް ގެންނަ ވެހިކަލްތައް ރަޖިސްޓަރީ ކުރުމާއި ޕާކުކުރުން ކުރިއްސުރެ ހިނގަމުން އައި ގޮތަށް ވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް ގެންނަން ފަށާފައިވާ ބަދަލުތައް ޓެކްސީ އެސޯސިއޭޝަނުން ރައީސްއާ ހިއްސާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެެ.