ޓޫރިޒަމް އާމްދަނީ 2027 ގައި 6 ބިލިއަން ޑޮލަރަށް އިތުރުކުރާނެ: ތޯރިގް

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 6:38

މިހާރު އަމަލު ކުރަމުން އަންނަ ޓޫރިޒަމް ދާއިރާގެ މާސްޓަ ޕްލޭނާ އެއްގޮތަށް 2027 ވަނަ އަހަރު ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރު (92 ބިލިއަން ރުފިޔާ) އަށް އެރުވުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ، މި އަހަރު ފެށުނުއިރު ޓޫރިޒަމް ދާއިރާއިން ލިބޭނެ ކަމަށް އަންދާޒާކުރީ 5.5 ބިލިއަން ޑޮލަރު ކަމަށާއި އެހެން ނަމަވެސް މިހާރުގެ ބެލެވެނީ 5.6 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ކަމަށެވެ. އެއީ 16 ޕަސެންޓުގެ އިތުރުވުމެކެވެ.

"އެހެންވީމަ އަޅުގަނޑުމެން ފޯކާސްޓް ކުރި ވަރަށް ވުރެ އިތުރުވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް