ލަންޑަންގައި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާއަކުން ގްރެޓާ ތަމްބާގް ހައްޔަރުކޮށްފި

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 7:16

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އަޑު އުފުލައި އެ މައްސަލަ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރި އެކްޓިވިސްޓުންގެ ތެރެއިން ޖަލުގައި ހައިހޫނު ކަމުގެ ހަޅުތާލުކުރާ މީހުންނަށް ތާއީދުކޮށް އިނގިރޭސި ވިލާތުގެ ލަންޑަނުގައި މިއަދު ކުރި މުޒާހަރާއަކުން ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަމްބާގް ހައްޔަރުކޮށްފި އެވެ.

މިއީ އިނގިރޭސި ވިލާތުގައި "ޕަލެސްތައިން އެކްޝަން" ގްރޫޕް، ޓެރަރިޒަމާ ދެކޮޅު ގާނޫނުގެ ދަށުން މަނާކުރި ފަހުން އެ ގްރޫޕްގެ މުޒާހަރާއަކުން ހައްޔަރުކުރި އެންމެ ހައި ޕްރޮފައިލް މީހާއަށް ވަނީ ވެފަ އެވެ.

"ޕްރިޒަނާސް ފޯ ޕަލެސްތައިން" އިން ނެރުނު ބަޔާނެއްގައި ބުނީ ތަމްބާގް ހައްޔަރުކުރީ އެ ޖަމާއަތުން ކުރިއަށް ގެންދިޔަ "ލޮކް-އޮން" މުޒާހަރާގެ ތެރެއިން، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށެވެ.

މައުޟޫޢުތަށް