އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބުނަނީ ޣައްޒާއިން ނުފައިބާނެ ކަމަށް
މިހާރު
24 ޑިސެމްބަރު 2025 | ބުދަ | 6:20
އިޒްރޭލު ސިފައިން ޣައްޒާއިން ނުފައިބާނެ ކަމަށާއި ޣައްޒާގެ އުތުރުގައި މަރުކަޒެއް ހަދައި ދާއިމަށް އެތަނުގައި ތިބޭނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނެފި އެވެ.
އިޒްރޭލުގެ މީޑިއާ މެދުވެރިކޮށް އާންމުކުރި މި ވީޑިއޯ ބަޔާނުގައި ޑިފެންސް މިނިސްޓަރު މިހެން ބުނެފައި މި ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އިން ވީ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހި ފެށުމަށް މަސައްކަތްކުރަމުން އަންނަ ވަގުތެއްގަ އެވެ.
އެއްބަސްވުމުގެ ދެ ވަނަ މަރުހަލާގައި އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުން ހިމެނެ އެވެ. މިހާރު އިޒްރޭލު ސިފައިން ތިބީ ކަނޑައަޅާފައިވާ ވަކި އިމެއްގެ ފަހަތުގަ އެވެ.